Advertisement

އަންހެނުން ވިޔަފާރީގެ ތެރެއަށް ނެރެން ދޫކުރާ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

އަންހެނުން ވިޔަފާރީގެ ތެރެއިން ނެރެން ދޫކުރާ ލޯނަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން(އެސްޑީއެފްސީ)އިން ދޭ އެ ލޯނަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ.

Advertisement

އެ ލޯން ސްކީމުގެ ދަށުން 25،000އިން ފެށިގެން 250،000 ރުފިޔާއަށް ލޯނު ދޫކުރާނެ ކަމަށް އެސްޑީއެފްސީއިން ބުންޏެވެ. އަދި ލޯނު ދައްކަން ފަށަން އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު ލޯނު އެއްކޮށް ދައްކަން ހަތް އަހަރު ލިބޭނެއެވެ.

އެ ލޯނަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ދޫކުރާ ލޯނެއް ކަމަށް ވެސް އެސްޑީއެފްސީއިން ބުންޏެވެ.

އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ ދާއިރާއަށް ނެރެ ދެމެހެއްޓެނި އިގުތިސާދީ ތަރައްގީއާ ދިމާލަށް ދިއުމަށް ފެށި ސްކީމެއް ކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާއަށް ގިނަ އަދަދެއްގެ އަންހެނުން ވަންނަ ތަން ދެކެން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ