Advertisement

6 އަހަރުތެރޭ ނުފެންނަވަރުގެ ބޮޑު ހަނދެއް މިރޭ ފެންނާނެ!

ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ނުފެންނަވަރުގެ ބޮޑު ހަނދެއް މިރޭ ފެންނާނެކަމަށް ފަލަކީ ޢިލްމުވެރިން ބުނެފިއެވެ.

މިރޭ ފެނިގެންދާ ސުޕަރ މޫން ދުނިޔެއާ ގާތްގަނޑަކަށް 356،980 ކިލޯމީޓާރަށް ކައިރިވާނެކަމަށާއި މިގޮތަށް ހަނދު ފެންނަނީ ދުނިޔެ ވަށައިގެން ދައުރުވާ އެލިޕްޓިކަލް އޯބިޓުގެ ޕެރިޖީ (ދުނިޔެއާ އެންމެ ކައިރި ޕޮއިންޓް)އާ އެއްކޮށް ދިމާވުމުންކަމަށް ފަލަކީ ހިސާބުތައް ބުނެއެވެ.

Advertisement

ފަލަކީ ޢިލްމުވެރިން ބުނެފައިވާ ގޮތުގައި މިރޭގެ ހަނދު އެންމެ ރީތިކޮށް ފެންނަން ހުންނާނީ އިރުއޮއްސޭތާ 30 މިނެޓެއްހާއިރު ފަހުންކަމަށާއި މިއީ “ބީވަމޫން” ގެ ނަމުން ނަންދެވިފައިވާ ހަނދެއްކަމަށެވެ.

ހަމައެހެންމެ މިރޭ ފެނިގެންދާ ސުޕަރ މޫންއަކީ މި އަހަރު ފެންނާނެ ދެވަނަ ސުޕަރ މޫންކަމަށާއި މި އަހަރުގެ ތިންވަނަ ސުޕަރ މޫން ފެންނާނީ އަންނަ ޑިސެމްބަރު މަހުގެ 4ވަނަ ދުވަހުކަމަށް ފަލަކީ ހަސާބުތައް މަޢުލޫމާތުދެއެވެ.

މިއީ 2019ވަނަ އަހަރު ފެނުނު ސުޕަރ މޫނަށް ވުރެވެސް ދުނިޔެއާ ކައިރިން ފެންނާނެ ހަނދެއްކަމަށް ވެސް ފަލަކީ ޢިލްމުވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް