Advertisement

ނަސްރުގެ ދުވަހަށް ފަރިތަކުރުމުގެ ތެރެއިން މިރޭ މާލޭގައި ބްލޭންކްސް ފަޔާކުރަނީ

ނަސްރުގެ ދުވަހަށް ފަރިތަކުރުމުގެ ތެރެއިން މިރޭ މާލޭގައި ބްލޭންކްސް ފަޔާކުރާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިރޭ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

އަދި އެ ފަރިތަކުރުމުގެތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15 އާއި 22:00 އާ ދެމެދު ބްލޭންކްސް ފަޔާކުރާނެ ކަމަށެވެ.

އެހެންކަމުން އެކަމަށް އާންމުން ސަމާލުވުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އަދި ކޮންމެ އަހަރަކު ވެސް ރާއްޖޭގައި އެ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރެއެވެ.

އެގޮތުން މި އަހަރު ވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ