Advertisement
ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ --

ޔާމީން ދިއްދޫއަށް ވަޑައިގެންނެވީ ކޯޓަށް ސިޓީއެއް ފޮނުވުމަށްފަހު

ކުރީގެ ރައީސް ޔާމީން ހއ. ދިއްދޫއަށް ވަޑައިގެންނެވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވުމަށްފަހުކަން އެނގިއްޖެ އެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:30 އަށެވެ. ނަމަވެސް ދިއްދޫއަށް ފުރާވަޑައިގަންނަވާތީ ޔާމީން ވަނީ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ކޯޓަށް ސިޓީއަކުން ދަންނަވައިފަ އެވެ.

Advertisement

ޔާމީން ދިއްދޫއަށް ވަޑައިގެންނެވީ ހއ. އަތޮޅު ކައުންސިލް އެވޯޑު، “ތިލައުތުރު އެވޯޑް 2025” ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. ހަވާސާ އަށް އެނގިފައިވާ ގޮތުގައި އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް މުހައްމަދު މުއިއްޒުއަށް ވެސް ދައުވަތު ދެއްވި އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުކުރައްވާފައެއް ނުވެ އެވެ.

ތިލައުތުރު އެވޯޑަކީ ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ އެވޯޑެކެވެ. އެގޮތުން ޖުމްލަ ހަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ އެ އެވޯޑު ހަފްލާ 2023 ގައި ބޭއްވިއިރު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން ދައުވާކޮށްފައި ވަނީ ކްރިކު ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓުމަންޓުގެ މައްޗަށެވެ. ކްރިކުގެ މައްސަލަ ފައިލްކޮށްފައިވާއިރު، ސަން ގެ ދެ ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާތަކުގެ މައްސަލަ ކުރިއަށް ގެންދަނީ ވަކި ޝަރީއަތެއްގަ އެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް