Advertisement
މައުރޫފް އަދި ސަމީރު އަތުން އިމްރާން މައިކު އަތުލަނީ. --- ފޮޓޯ: އަނޫފް ޖުނައިދު/ދައުރު

މައިކަށް ގެއްލުންދިން މައްސަލައިގައި 3 މެންބަރެއްގެ އަތުން އަގު ނަގަނީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރި ދުވަހު ބޭއްވި ބައްދަލުވުން ހޫނުވި ވަގުތު ކޮމިޓީގައި މެންބަރުން ވާހަކަ ދެއްކުމަށް ބަހައްޓާފައި ހުރި މައިކެއް ހަލާކުކޮށްލި މައްސަލައިގައި އެ މައިކުގެ އަގު މެންބަރުން އަތުން ނަގަން އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސެޕްޓެމްބަރު 15، ގައި ކޮމިޓީ ބައްދަލުވުމުގައި މައިކު ހަލާކުވީ ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް އާއި އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު މައިކުގައި ހިފަައިގަތް ވަގުތު އެވެ.

Advertisement

އިމްރާން މަސައްކަތް ކުރެއްވީ މައުރޫފް އާއީ ސަމީރު އަށް މައިކު ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށެވެ. އެ ދުވަހު އެ ތަނުގައި ތިބި މި ނޫހުގެ ނޫސްވެރިން ބުނި ގޮތުގައި މައިކު ދަމައިގަތީ މެންބަރު އިމްރާން އެވެ.

ނަމަވެސް، އެ ދުވަހު އޭނާގެ ދާއިރާގެ ރައްޔިތުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި އިމްރާން ވަނީ މައިކު ހަލާކުވީ އޭނާގެ އަތުން އެކަނި ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި މައިކު ހަލާކުވުމުގެ ހަރަދު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދު ބޭއްވި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މައިކުގެ ހަރަދު ހޯދުމަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު އެވެ.

ކޮމިޓީގެ އަޑު އެއަށްފަހު ކެނޑުނު ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީން ނިންމާފައިވަނީ ތިން މެންބަރުންގެ އަތުން ވެސް ހަރަދު ނެގުމަށެވެ.

މީޑިއާ ނެތިކޮށްލާ ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ދިޔަ ނޫސްވެރިންގެ މައްސަލައެއް ވެސް އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް މީގެ ކުރިން މަޖިލިސް ރިޔާސަތުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް