Advertisement

ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮލޫން ފެށިގެން އައްޑޫ ސިޓީ އާއި ހަމަ އަށެވެ.

Advertisement

މެޓުން ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ 14:15 އިން ފެށިގެން މިރޭގެ 20:00 އަށެވެ.

މެޓުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން ވިދާޅުވީ، ރާއްޖޭގެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަ ކަމަށެވެ. އަދި ވައި ބާރު ވުމާއި އެކު ކަނޑުތައް ގަދަވެ ވިއްސާރަ ވާނެ ކަމަށް ލަފާ ކުރެވޭތީ، އެންމެން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާ ހަމަކޮށް މޫސުމަށް ސަމާލު ވުމަށް ވަނީ އެދިފައެވެ.

ލަފާ ކުރެވޭ މޫސުން:

  • ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވުން
  • އާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވުން
  • އެކި ހިސާބަށް ވިއްސާރަ ކުރުމާއި އެކު ގުގުރުން
  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް