Advertisement

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރާ ކުރާނެ: މެޓް

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާޢްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވިދާޅުވެއްޖެއެވެ.

މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ވިދާޅުވީ ކުރިއަށް ފަސް ދުވަހުވެސް ވިއްސާރަ ކުރާނެ ކަމަށާއި ބޮޑަށް ވައިގަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

Advertisement

“ވިއްސާރަ ކުޑަކޮށް ރަނގަޅު ވާނެ ކަމަށް ބެލެވެނީ، އެހެން ނަމަވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެ،”. މެޓް އިން ވިދާޅުވިއެވެ.

މެޓް އިން ވިދާޅުވީ ބޮޑަށް ގަދަވާނެ ކަމަށް ލަފާ ކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ. އަދި ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމާ އެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ. އުތުރާއި މެދު ރާއްޖެ ތެރެއަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް ލަފާކޮށްފައި ވެއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި ބައެއް އަތޮޅުތަކަށް ބޯކޮށް ވާޜޭ ވެހި 50 މޭލަށް ވައިގަދަވެ ގިނަ އަތޮޅުތަކަށް ހުދު ސަމާލާއި ރީނދޫ ސަމާލު ދަނީ ނެރެމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑުމަތީގެ ހާދިސާތައްވެސް ހިނގަމުންދާއިރު، މޫސުމަށް ސަމާަލުވުމަށް މެޓް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް