Advertisement

ކުރީގެ ވަޒީރުން އޭސީސީއަށް ހާޒިރު ކުރާތީ އެމްޑީޕީގެ ރައީސް ޝާހިދު ގެ ކަންބޮދުވުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް، ކުރީ ސަރުކާރުގެ ތިން މިނިސްޓަރަކު ހާޒިރުކޮށްގެން ހިންގާ ތަހުގީގަކީ ސިޔާސީ މަގުސަދެއްގައި ކުރާކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި އެގޮތަށް ވިދާޅުވީ އޭސީސީން ކުރީގެ މިނިސްޓަރުންގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށް މައްސަލަ ތަކެއް ތަހުގީގު ކުރަން ފަށާފައި ވަނިކޮށެވެ.

Advertisement

ޝާހިދު ފާހަގަ ކުރެއްވި ގޮތުގައި، އޭސީސީން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އޭސީސީއަށް ހާޒިރު ކުރުމަކީ ސިޔާސީ މަސްރަޙުގެ ވަސް ދުވާ ކަމެކެވެ.

މިއީ ސާފު އަދި ސީދާ ބިރު ދެއްކުމެއް ކަމަށްވެސް ޝާހިދު ސިފަ ކުރެއްވިއެވެ. ޝާހިދު ވިދާޅުވީ މިނިވަން މުއައްސަސާތައް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުން ކުރެވޭ ހަރުކަށި އާލާތް ތަކަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

ވަކި ފަރާތްތަކެއް ހާޒިރުކޮށް، ހަމައެކަނި ސުރުޚީ ހޯދުމަށްޓަކައި ސިޔާސީ މަޤްޞަދު ތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ ތަޙްޤީޤު ތަކުން ރައްޔިތުންގެ އިތުބާރާއި ޤާނޫނުގެ ޙުކޫމަތު ގެއްލިގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ