Advertisement
ރޭގެ މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫނިދޫއަށް ބަދަލުކޮށްފި

އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބި ހަ މީހުން ދޫނިދޫ އަށް ބަދަލުކޮށްފި އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ މައުލޫމާތު ދިން ގޮތުގައި ކޯޓުން ބަންދަށް 15 ދުވަސް ޖަހާފައިވާ މީހުން ދޫނިދޫއަށް ބަދަލުކުރީ މާލޭ ކަސްޓޯޑިއަލް ފުރިގެން ކަމަށެވެ. ހަ މީހުން ވެސް މިހާރު ބަދަލުކޮށްފައިވާ ކަމަށް ވަކީލުން މައުލޫމާތު ދިނެވެ.

Advertisement

މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ.

އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ. އަދި، މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުން

  1. މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  2. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  3. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  4. އަލީ ޖުމާން
  5. އަޒްމީ އަލީ
  6. ހަސަން ޝާކިރު

މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.

އާޓިފިޝަލް ބީޗުގައި ތިބުމަށް ފަހު އެއްވުމުގެ ބައިވެރިން ހިނގަން ރާވާފައި އޮތީ މަޖީދީ މަގުން އިރަށެވެ. އެކަން އެގޮތަށް ކުރާކަން އަންގާފައި ވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

ނަމަވެސް އެކަމަށް ފުލުހުން ހުރަސް އެޅި އެވެ. އެއަށް ފަހުން، ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރި އެވެ. މުޒާހަރާ ރޫޅާލުމަށް ގާނޫނާއި ހިލާފަށް ބާރުގަދަ އަޑު އިއްވާ “ސޮނިކް ވެޕަން” އެއް ވަނީ ބޭނުންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ