Advertisement

ސެޕްޓެމްބަރު މަހު ވެސް ވައްކަމުގެ 339 މައްސަލަ ރިޕޯޓްކޮށްފައިވޭ

މިދިޔަ ސެޕްޓެމްބަރު މަހުގައި އެންމެ ގިނައިން ރިޕޯޓްކުރެވުނީ ވައްކަމުގެ މައްސަލަ ކަމަށާއި ވައްކަމުގެ 339 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 1084 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.

Advertisement

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ވައްކަން ކުރުމުގެ 339 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓު 273 މައްސަލަ
  • މުދަލަށް ގެއްލުން ދިނުމުގެ 59 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 24 މައްސަލަ
  • ޖިންސީ ގޯނާގެ 21 މައްސަލަ
  • އަނިޔާ ކުރުމުގެ 56 މައްސަލަ
  • ގެވެށި އަނިޔާ 18 މައްސަލަ
  • ފޭރުމުގެ 17 މައްސަލަ
  • ފޯޖް ކުރުމުގެ 13 މައްސަލަ
  • މަސްތުވާތަކެއްޗާ ގުޅޭ 198 މައްސަލަ
  • އެއްޗެހި ގެއްލުމުގެ 79 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދިޔަ ނަަމަވެސް މިކަން ކަން ހުއްޓުވޭ މަންޒަރު ފެނިގެން ނުދެއެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު 294 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވާއިރު ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ އިތުރުވެފައެވެ. އަދި އެކްސިޑެންޓުގެ އަދަދުވެސް މިދިޔަ މަހު 224 އިން 273 އަށް ވަނީ އިތުރުވެފައެވެ.

ކޮންމެ މަހަކު ވެސް ފުލުހުން ތަފާސްހިސާބުތައް ނެރޭއިރު ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލަތަކެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ގިނައެވެ. ޖުލައި މަހާ އަޅާބަލާއިރު، މިދިޔަ މަހު މަސްތުވާތަކެތީގެ މައްސަލަތައް ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ