Advertisement
ހެލްތު ސްކްރީނިންގ ހަރަކާތުގެ ތެރެއިން--- ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުންނަށް ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ސްޓެލްކޯއިން، އެކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮ ސިއްޙަތަށް އިސްކަންދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހެލްތު ސްކްރީނިންގ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމާއި، އެބޭފުޅުންގެ ސިއްޙީ ޙާލަތު ދެނެގަތުންކަމަށް ސްޓެލްކޯއިން ބުންޏެވެ.

Advertisement

ހެލްތު ސްކްރީނިންގ ހަރަކާތުގެ ތެރެއިން— ފޮޓޯ:ސްޓެލްކޯ

މި ހަރަކާތުގެ ތެރެއިން، ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ސިއްޙީ ތަފާތު ސްކްރީނިންގތައް ހަދާފައެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި އިރުޝާދު ހޯދާފައެވެ. މުވައްޒަފުންގެ ފަރާތުން މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިފަދަ ހަރަކާތްތަކަކީ މުވައްޒަފުންގެ ސިއްޙަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މުވައްޒަފުންގެ ސިއްޙީ ޙާލަތު ރަނގަޅުވުމަކީ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، މުޅި ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ