Advertisement

އޮގަސްޓް މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 84 މައްސަލައެއް

މިދިޔަ އޮގަސްޓް މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ވިދާޅުވެއްޖެއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 200 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލައެވެ. އެ ބާވަތު 84 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.

Advertisement

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އޮގަސްޓް މަހު އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން އެ ބާވަތުގެ 26 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ފިރިހެން ކުދިންގެ މައްސަލައަކާއި 15 އަންހެން ކުދިންގެ މައްސަލައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން އެ ބާވަތުވެ 14 މައްސަލައެއް އޮގަސްޓު މަހު ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ ނުވަ މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ ފަސް މައްސަލައެވެ.

އޭގެ އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލަ، ޖިސްމާނީ ހާނިއްކައިގެ އަށް މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ފަސް މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން – ބްލެކްމެއިލް ކުރުމުގެ ހަތަރު މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ، ކުދިން ދޫކޮށްލާފައި ދިޔުމުގެ އެއް މައްސަލަ އަދި ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮގަސްޓު މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންނާއި ގުޅުންހުރި މައްސަލައް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، އަންހެން ކުދިންގެ 44 މައްސަލައަކާއި ފިރިހެން ކުދިންގެ 40 މައްސަލަ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް