Advertisement

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަން ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ.

މާހިރު އެ މަގާމަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމެވީ މިއަދެވެ. މާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.

Advertisement

މިއަދު ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މާހިރު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވީ، އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރުމަށެވެ. ނަމަވެސް، މުހައްމަދު ޝަހީދު އައްޔަންކުރަން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭނާ ވަނީ އެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެފައެވެ.

މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމީ މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ