Advertisement
އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާގަ ކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތު -- ފޯޓ : އެމްޕީއެލް

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް: 4 އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި “އެނިވާސަރީ ނައިޓް”ގައި އެ ކުންފުނީގެ ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށް އެވޯޑުތައް ހަވާލުކޮށްފިއެވެ.

ރޭ މާލޭގެ ހެންވޭރު ދަނޑުގައި ބޭއްވި ކުލަގަދަ މި ރަސްމިއްޔާތުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް، ވޭތުވެދިޔަ 39 އަހަރުތަކުގައި ކުންފުންޏަށް އައި ކުރިއެރުންތައް ފާހަގަކޮށް، އެކަމުގެ ފަހަތުގައި ތިބި މުވައްޒަފުންގެ މިންނެތް މަސައްކަތަށް އަގުވަޒަންކުރުމެވެ.

Advertisement

އެމްޕީއެލްގެ 39 ވަނަ ާހަރެެ ޑހުވަސް ފާހަގަ ކުރުން– ފޮޓޯ : އެމްޕީއެލް

އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން، އެމް.ޕީ.އެލްގެ ބޯޑް މެމްބަރުން، ސަރުކާރުގެ ބައެއް ވުޒާރާތަކާއި މުޢައްސަސާތަކުގެ އިސްވެރިންގެ އިތުރުން، އެމް.ޕީ.އެލްގެ ކުރީގެ ބައެއް މެނޭޖިންގް ޑިރެކްޓަރުން، ކުރިން ކުންފުނީގެ މެނޭޖްމަންޓްގައި މަސައްކަތްކުރެއްވި ބޭފުޅުން އަދި ބައެއް ކަސްޓަމަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމް.ޕީ.އެލްގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް މި ހަފްލާގައި ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި، އެމްޕީއެލްއަށް ގިނަ އަހަރުތަކެއްގައި ހިދުމަތްކުރުމަށްފަހު ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޓަޔާކުރި 15 މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް ވަނީ އަރުވާފައެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ވަޒީރުު ސައީދެވެ.

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާގަ ކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތު — ފޯޓ : އެމްޕީއެލް

އަދި، މި އަހަރުގެ ކުރީކޮޅު ނިޔާވި އެމްޕީއެލްގެ ސެކިއުރިޓީ ސާވިސަސްގެ މުވައްޒަފެއް ކަމަށްވާ، 29 އަހަރު އެމްޕީއެލްއަށް ހިދުމަތްކުރި އަލްމަރްހޫމް ރަފީގް އަހްމަދުގެ ހިދުމަތުގެ ހަނދާނުގައި ހާއްސަ އެވޯޑެއް އޭނާގެ އާއިލާއަށް ވަޒީރު ސައީދު ހަވާލުކޮށްދެއްވާފައި ވެއެވެ.

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާގަ ކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތު — ފޯޓ : އެމްޕީއެލް

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި ދޭ ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށްވެސް އެވޯޑް ހަވާލުކޮށްފައިވާއިރު، އެ އެވޯޑުތަކަކީ ރައިޒިން ސްޓާ އެވޯޑް، އައުޓްސްޓޭންޑިންގް އެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިންގް ލީޑާޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ކޯޕަރޭޓް މެގަޒިން “އުޅަނދު”ގެ ފުރަތަމަ އަދަދު ވަނީ ލޯންޗްކޮށްފައެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ އެމްޕީއެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ކަމާލުއްދީނެވެ.

އަދި، އަންނަ އަހަރަކީ އެމްޕީއެލްއިން 40 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރަށްވާތީ، އެ މުނާސަބަތުގެ ހާއްސަ ލޯގޯ ރޭ އިފްތިތާހްކުރުމުގެ އިތުރުން، 40 ވަނަ އަހަރީ ދުވަހުގެ ކައުންޓްޑައުންވެސް ވަނީ ރަސްމީކޮށް ފަށައިފައެވެ.

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާގަ ކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތު — ފޯޓ : އެމްޕީއެލް

އެ ރަސްމިއްޔާތުގައި ސީއީއޯ ރިޝްވާން ވިދާޅުވީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި، ކުންފުނީގެ 40 އަހަރަށް ކުރިމަތިލާއިރު، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި މި އަހަރުގެ ރަމަޟާން މަހު އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ “މަށަށް އެނގޭ” ކުއިޒްގެ އެއްވަނައަށް ދިޔަ މުވައްޒަފަށް ހުށަހެޅި މޮޓޯ ސައިކަލްވެސް ހަވާލުކުރިއެވެ. އަދި މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވި މުވައްޒަފުންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި، ގިނަ އިނާމުތަކެއް ވަނީ މުވައްޒަފުންނަށް ދީފައެވެ.

އެމްޕީއެލްގެ 39 އަހަރުގެ ދިގު ތާރީޚަށް ބަލާއިރު، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، ޒަމާނީ ބަނދަރުގެ ހިދުމަތްތައް ތައާރަފްކުރުމާއި، ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، ވަޒީފާގެ ފުރުސަތުތައް ގިނަކުރުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް