Advertisement
އެއާޕޯޓުގައި ގަވައިދާ ޚިލާފަށް ފައިސާ ބަދަލުކުރަން އުޅުނު މައްސަލަައިގައި ހައްޔަރުކުރި މީހާ -- ފޮޓޯ/ ފުލުހުން

ވީއައިއޭގައި ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާއާއެކު، އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމަށެވެ. އެއީ 30 އަހަރުގެ، ރަފިގުލް އިސްލާމް ކިޔާ ބަންގްލަދޭޝް މީހެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

Advertisement

ފުލުހުން ބުނީ ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1700 އަށްވުރެ ގިނަ ޔޫއެސްޑޮރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

އެއާޕޯޓުން ހައްޔަރުކުރި މީހާގެ އަތުން ހޯދި ފައިސާ: އޭނާގެ އަތުން ވަނީ 68،000އަށް ވުރެ ގިނަ ރުފިޔާ ފެނިފައި — ފޮޓޯ/ ފުލުހުން

އޭނާއަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ޑޮލަރުގެ ބޭންކު ރޭޓަކީ 15.42 ނަމަވެސް، އެންމެ ގިނަ ބަޔަކު ޑޮލަރު ގަންނަ ގޮތް ކަމަށްވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 20 ރުފިޔާއިން މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް