Advertisement

ގަތަރުގެ އަމީރު ޝައިޚް ތަމީމް ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައިފި

ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު ރޭ ވަނީ ގަތަރަަށް ވަޑައިގެންފައެވެ. އެމަނިކުފާނު ގަތަރަށް ވަޑައިގެންނެވީ ގަތަރުގައި ބާއްވާ ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

Advertisement

ރައީސް އޮފީހުން ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު އިސްރާއީލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން މިއަދު ބާއްވާ ސަމިޓުގައި ރައީސް ޑރ. މުއިއްޒު ބަޔާނެއް ދެއްވާނެ ކަމަށެވެ. ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވެސް ހުންނެވީ ގަތަރުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ ރައިސް މުއިއްޒުއާ މިއަދު ބައްދަލުކުރައްވާފައިވަނީ ޝެރެޓަން ދޯހާގައި ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އިސްރާއިލުން ގަތަރަށް ދިން ހަމަލާގައި ބަޔަކު ޝަހީދުވުމާއި ގުޅިގެން ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވެ، ގަތަރު ސަރުކާރަށާއި ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަގިންކަން ދެއްވާފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ކުއްލި އަރަބި އިސްލާމިކް ސަމިޓް އިންތިޒާމު ކުރުމުގައި ގަތަރުގެ ލީޑަޝިޕަށް ތައުރީފު ކުރައްވައި، ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގަތަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

އަދި ދެ ގައުމުން ޝައުގުވެރިވާ އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އޭގެ އިތުރުން ދެ ބޭފުޅުން ވަނީ ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އިސްލާމީ އުންމަތުގެ ތެރޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ބައިނަލްއަގްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، ދެ ދައުލަތް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެބޭފުޅުންވެސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް