Advertisement
ޗައިނާއަށް ފުރާ ދަރިވަރިން ވަޒީރު ޑރ. ޝަފީއުއާއެކު

4 ދުވަހުގެ ޕްރޮގްރާމްއަކަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް

ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ދުވަހުގެ “ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2025” ގައި ބައިވެރިވުމަށް ރާއްޖޭގެ 11 ސްކޫލެއްގެ ދަރިވަރުން މާދަމާ އެ ގައުމަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ މާދަމާ އިން ފެށިގެން ސެޕްޓެންބަރު 12ގެ ނިޔަލަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގައެވެ.

Advertisement

މި ޕްރޮގްރާމްގައި 11 ސްކޫލަކުން ޖުމްލަ 12 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެން ދަރިވަރުންނާއި, ހަ ފިރިހެން ދަރިވަރުންނެވެ.

ތައުލީމީ ވުޒާރާއިން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮގްރާމުގެ ތެރޭގައި ދަރިވަރުންނަށް ޗެންގުއާ ޕްރައިމަރީ ސްކޫލާއި، ސަންސިންގްޑޫއީ މިއުޒިއަމް ގެ އިތުރުން ޑުޖިއާންޖިއަން ރިސާޗް ސެންޓާ ފޯ ޖަޔަންޓް ޕަންޑާސްއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ޗައިނާގެ ސަގާފީ ޙަރަކާތްތައް ބަލާލުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ޗައިނާގެ ސަގާފަތާއި ތާރީހާ ގުޅޭ ގިނަ މައުލޫމާތުތަކެއް ދޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އެ ގައުމުގައި ރާއްޖޭގެ ސަގާފަތް ދައްކާލާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް