Advertisement

ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު އެމްއޭސީއެލްއިން ބަލަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިހާރު ހަވާލުވެފައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމުމަށް ފަހު, އާރުއޭސީއެލްއިން ހިންގަމުން އައި ނުވަ އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލްއިން ވަނީ މިދިޔަ މަހުގެ ތެރޭގައި ހަވާލުވެފައެވެ.

Advertisement

އެމްއޭސީއެލްއިން މިއަދު ބުނީ, މި މަސައްކަތުގެ ދަށުން އެމްއޭސީއެލްއިން އަލަށް ހަވާލުވެފައިވާ ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ, ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށެވެ.

އެގޮތުން, މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް އެ ޓީމުން ޒިޔާރަތްކޮށް އެ ތަނުގެ ހާލަތު ބަލައި, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކޮށްފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

އެމްއޭސީއެލްއަށް ޑޮމެސްޓިކް އެއާޕޯޓްތައް ހިންގުން ހަވާލުކޮށްފައިވާއިރު ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިންގާ އެއާޕޯޓްތަކުގެ ޚިދުމަތުގެ ފެންވަރު ދަށްވެގެން ޝަކުވާ ވަނީ ބޮޑުވެފައެވެ.

އެމްއޭސީއެލްއިން އެއާޕޯޓްތައް ހިންގުމުގެ އިތުރުން އެ ކުންފުނިން މިހާރު ގެންދަނީ ކުންފުނީގެ މެންޑޭޓުގައި ނުހިމެނުނު ނަމަވެސް ގިނަ ރަށްތަކެއްގައި ފިޓްނަސް ސެންޓަރުތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް