Advertisement

ފުލުހުންނާއި ޕީޖީ ގުޅިގެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފި

ގޭންގު ކުށްތައް ހުއްޓުވާ ގާނޫނަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ގުޅިގެން ފަށައިފިއެވެ.

ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ހޭލުންތެރިކުރުވުމަށް ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ވަނީ އެކްސް ސްޕޭސަސް ލައިވް އިވެންޓެއް ބާއްވާފައެވެ.

Advertisement

މި ގާނޫނަށް އަމަލުކުރަން ފެށީ މިމަހު 25 ވަނަ ދުވަހެވެ. ރާއްޖޭގައި

ފުލުހުން ރޭ ވިދާޅުވީ ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރުމަށްޓަކައި ގޭންގުތަކަށް ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ބޭއްވި މި އިވެންޓަކީ އައު ގާނޫނުގެ މުހިންމު ބައިތަކާއި، ގާނޫނު ތަންފީޒުކުރުމަށްޓަކައި ތަންފީޒީ އިދާރާތަކުން ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ބޭއްވި އިވެންޓެކެވެ.

މި އިވެންޓުގައި ޕީޖީ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު މުހައްމަދާއި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ސާމީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޖަމްޝީދު އަލީ އަދި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އަދުހަމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިވެންޓުގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ، 2024 އިން 2028އަށް އެކުލަވައިލާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓެޖިކް ޕްލޭންގައި އިސްކަމެއް ދީފައިވާ އެއްކަމަކީ، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތަކުން ކުރާ ކުށްތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރުން ކަމަށެވެ. އެގޮތުން “ގޭންގު ކްރައިމް އެންފޯސްމަންޓް”ގެ ނަމުގައި ވިންގެއް އުފައްދައި، އޮޕަރޭޝަނަލް އަދި ތަހުގީގީ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

އަދި މި އައު ގާނޫނަކީ މި މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް ވަރަށް ބޮޑު ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އިވެންޓްގައި އަދުހަމް ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކަމާގުޅުން ހުރި އިދާރާތަކާއި، ހާއްސަކޮށް ޕީޖީ އޮފީހުގެ މަޝްވަރާތަކާ އެކު ފުލުހުންގެ ތެރޭގައި މި ގާނޫނާ ގުޅިގެން ގަވާއިދުތަކެއް ހަދާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފޯމުތައް ތައްޔާރުކޮށް ސިސްޓަމަށް އަޅައި ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް