Advertisement

އިސްލާމީ ވުޒާރާއިން ‘މަޢުރިފާ’ގެ ނަމުގައި ފޮތް މަޢުރަޒެއް މި މަހު ބާއްވަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ‘މަޢުރިފާ’ގެ ނަމުގައި ފޮތް މަޢުރަޒެއް މި މަހުގެ 26 އިން 28 އަށް ބާއްވަން ވަނީ ނިންމައިފިއެވެ. މި މަޢުރަޒު އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި މަޢުރަޒު ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ޢާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ. ‘ފޮތްތެރިކަން – ބުއްދީގެ ކާނާ’ މި މަޢުޟޫއުގެ ދަށުން ބާއްވާ މި މަޢުރަޒަކީ، ރާއްޖޭގައި ފޮތް ކިޔުމުގެ ސަގާފަތް އިތުރުކޮށް، ފޮތްތަކަށް ލޯބިޖެއްސުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

Advertisement

މި މަޢުރަޒުގެ މައިގަނޑު މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކަށާއި ފޮތް ވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ޢާންމުންނަށް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި މަޢުރަޒުގެ މުހިންމު ބޭނުމެކެވެ.

މި މަޢުރަޒުގައި ޖުމްލަ 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވުމަށް އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށް މި ޖާގަ ދޫކުރެވޭނެ ކަމަށް އިސްލާމީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ފޮތްތަކަށް ލޯބިކުރާ އެންމެހާ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް އިސްލާމީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ