Advertisement

ޕީއެޗްޑީ ޕްރޮގުރާމަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސަރޝިޕް ދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އިޢުލާންކޮށްފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިސްލާމިކް ސްޓަޑީޒް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިސްލާމިކް ޝަރީޢާ ކޯހަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީ އިން ސްޕޮންސަރޝިޕް ދިނުމަށް ނިންމައިފިއެވެ.

މިކަން އިޢުލާން ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޕީއެޗްޑީ ޕްރޮގުރާމަށް ވީހާވެސް ގިނަ އިމާމުން ކުރިމަތި ލައްވާ ފުރުސަތު ލިބޭތޯ މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށާއި މި ކޯހަށް ހޮވޭ އިމާމުންނަށް ކޯސް ޚަރަދުގެ އިތުރުން ޕޮކެޓް މަނީވެސް ދެވިގެންދާނެކަމަށެވެ.

Advertisement

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔަވައިދެއްވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށާއި އިސްލާމީ ދާއިރާއިން ޕީއެޗްޑީގެ ފުރުސަތު ހުޅުވާލިކަމަށްޓަކައި ޤައުމީ ޔުނިވާސިޓީއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

އިމާމުންނަށް އިތުރު ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް މި ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާތަނަށް 100އަށްވުރެ ގިނަ އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ވަނީ ހޯދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ