Advertisement

މާލޭ ބޭރުމަގު ހަދަން އެމްއެމްއޭ ކައިރިން ބޮޑުތަކުރުފާނުމަގާއި ފަޅު ބަންދު

މާލޭ ސިޓީގެ ވަށަމަގު (ބޮޑުތަކުރުފާނުމަގު) ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭ ކައިރިން އެ މަގުގެ އެެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ 18 އޯގަސްޓް 2025އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއް ފަޅި ބަންދުކުރާނެ ކަމަށެވެ.

Advertisement

މިކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް މާލޭ ސިޓީ ކައުންސިލުން މާފަށް އެދިފައިވެއެވެ.

އެ ކައުންސިލްގެ އިއުލާނާއެކު، އާންމުކުރި ޗާޓުގައިވާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެއެވެ. އަދި ގިނަ އަދަދެއްގެ ރިސޯޓު އަދި އަތޮޅު ފެރީތައްވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ކުރިއަށް އޮތް ދުވަސްތަކުގައި ބަންދު ވާނެކަން ކައުންސިލުގެ ޗާޓުން ދައްކައެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް