Advertisement

އިތުރު ހަފުތާއަކަށް މަޖިލީހުގެ ދައުރު ދަންމައިލައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުމަކަށް، މަޖިލީހުގެ ދައުރު އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. މި ހުށަހެޅުމަށް ނެގުނު ވޯޓުގައި 59 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވާފައިވާއިރު، 10 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ.

Advertisement

ދައުރުގެ މުއްދަތު އިތުރުކުރަން ޖެހުނު ސަބަބާ ގުޅޭގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މި ދައުރުގައި މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުންނެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، މި ދައުރު އިތުރުކުރަނީ އަވަސްއަރުވާލައިގެން ބިލުތައް ފާސްކުރުމަށް ނޫނެވެ. އޭގެ ބަދަލުގައި މި ފިޔަވަޅު އަޅަނީ އާންމު ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ މަޤްޞަދުގައެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ދައުރު އިތުރުކުރުމުގެ އަނެއް މަޤްޞަދަކީ މެންބަރުން ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާ މުއްދަތުގައި އާންމުންނާ ގުޅުންހުރި ކަންކަމަށް ހުއްޓުމެއް އައިޔަ ނުދިނުމެވެ. އަދި ޤާނޫނަކީ އިންސާނުން އެކުލަވާލާ އެއްޗެއްކަމަށް ވިދާޅުވެ، ހާލަތާއި ޒަމާނާ އެއްގޮތަށް ޤާނޫނުތައް އަބަދުވެސް އިޞްލާޙުކުރަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މި ހިނގަމުންދާ ދެވަނަ ދައުރު ނިމުމަށް ކަނޑައެޅިފައިވަނީ އޮގަސްޓް 15 ގައެވެ. ނަމަވެސް މި ނިންމުމާ އެކު، ދައުރު ނިމޭ ތާރީޚު ވަނީ އޮގަސްޓް 21 އަށް ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ