Advertisement

ހުޅުމާލެ ފޭސް 2 ގައި ހަދާ ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރާ ފުލުހުންގެ ޑާޓާ ސެންޓަރުގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ހެޑް ޑރ. މުހައްމަދު އަލް ކުވައިތީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ.

Advertisement

ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެ ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ކަމާ ގުޅުންހުރި ބޭފުޅުންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެ ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ސެންޓަރު ގާއިމްކުރުމުން ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަން ކުރެވޭނެ ކަމަށެވެ. އަދި ކުށްކުރުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޮޓޯ: ޕޮލިސް

ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) ވެސް މިއަދު ވަނީ އިފްތިތާހުކޮށްފަ އެވެ.

ފުލުހުން ބުނީ އަލަށް ގާއިމުކުރެވުނު ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ފަރުމާކޮށްފައިވަނީ ސައިބާ ދާއިރާގައި ގައުމުގެ “ޝީލްޑް އެންޑް ވޮޗްޓަވަރު”ގެ ގޮތުގައި ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހުއްޓުވައި އަދި އެފަދަ ކުށްތައް މަދުކުރުމަށް ކަމަށެވެ.

އެ ސެންޓަރުގެ ވަސީލަތްތައް ވެސް ގާއިމްކޮށްފައިވަނީ ޔޫއޭއީގެ އެހީގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޢ ޢަލީ
ބޮޑެތި ޢިމާރާތްތައް ބިނާކޮން ޒަމާނީވަޞީލަތްތައް ކިތަންމެގިނައިން ގާއިމުކުރެވުނުކަމުގައިވިއަސް ކޮރަޕްޝަނުން ސަލާމަތްވެފައިވާ ތެދުވެރި އިޚްލާޞްތެރި ބަޔަކުނެތްނަމަ ކުރާނެފައިދާއެްނޯންނާނެ.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް