Advertisement

މާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓް ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން  ބުނެފިއެވެ.

ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި މާލެއަށް ކަރަންޓު ދެވިފައިކަމަށެވެ.

Advertisement

މުޅި ހުޅިމާލެއަށް ކަރަންޓްދީ ނިންމާލެވިފައިވާކަމަށް ސްޓެލްކޯއިން ކުރިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ދީނިންމާލިކަން އެ ކުންފުނިން ހާމަކުރީ 11:30 ހާއިރުއެވެ.

”ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން.” ސްޓެލްކޯއިން ބުންޏެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ.

މި މައްސަލަ ދިމާވި ސަބަބު ސްޓެލްކޯއިން އަދި ހާމައެއްނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް