Advertisement

ގައިދީން ކުރާ މަސައްކަތަށް ދޭ އުޖޫރަ 25 އަހަރުފަހުން ބޮޑުކޮށްފި!

ޖަލުތަކުގައި ގައިދީން ކުރާ މަސައްކަތަށް ދޭ އުޖޫރަ 25 އަހަރުފަހުން ބޮޑުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް، ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ގައިދީންނާއި ބަންދުގައި ތިބޭ މީހުން ކުރާ މަސައްކަތަށް ދޭ އެލަވަންސް މިހާރު ބޮޑުކޮށްފައިވާ ކަަމަށެވެ.

Advertisement

ގައިދީން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 30ރ. ދޭ ގޮތަށް 2000 ވަނަ އަހަރު ހަމަޖެއްސި ފަހުން މިދިޔަ 25 އަހަރު ހުރިހާ ގައިދީންނަށް ވެސް އުޖޫރަ ދެމުން އައީ އެ މިންގަނޑުންނެވެ.

ނަމަވެސް މި ގެނެވުނު ބަދަލާއިއެކު އެލަވަންސް ދިނުމުގައި އެކި ބާވަތުގެ މަސައްކަތަށް ބަލައި 8 މިންގަނޑެއް ވަނީ ކަނޑައަޅާފައެއެވެ. އެންމެ ދަށް މިންގަނޑަކީ ދުވާލަކަށް 50ރ. އެވެ. އެއީ ގްރޭޑް 1 ނުވަތަ އެންމެ ދަށް މިންގަނޑު ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އަދި މި މިންގަނޑު ކޮންމެ ގްރޭޑަކަށް 10ރ. އިތުރުވާނެ ކަމަށާއި އެހެންވެ ގްރޭޑް 8 ގެ ކެޓަގަރީއާ ހިސާބަށް ދުވާލަކަށް 120ރ. އިތުރުވާނެ ކަމަށް ކަރެކްޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

ގައިދީން ޖަލުގައި ކުރާ މަސައްކަތަށް ދޭ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފައިވާއިރު، ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން ގައިދީއަކު މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ކަމުގައި ހަދަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މިދިޔަ އަަހަރު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް