މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ނެރެފައިވާ ހުދު ސަމާލު އިތުރަށް ދަންމާލައިފިއެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި، މިއަދު މެންދުރު 12:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވުން އެކަށީގެންވެއެވެ.
ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮއްފައިވެއެވެ. އަދި ވިއްސާރައިގެ ވިލާގަނޑުތަކުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
މޫސުން ގޯސްވުމުގެ އިންޒާރާ ގުޅިގެން، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކާއި އާންމު ރައްޔިތުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ކަނޑު ދަތުރު ކުރާ އެންމެހައި ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު