Advertisement

އުތީމު ފެނަކަ ބްރާންޗުގެ އަހަރީ ދުވަހާއި ގުޅިގެން ކައުންސިލުން އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްފި

ހއ. އުތީމު ފެނަކަ ބްރާންޗުގެ 2025 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އުތީމު ކައުންސިލުން ހަދިޔާކޮށްފައިވާ އެކްޓިވިޓީ ޔުނީފޯމު އެ ބްރާންޗާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ ދަށުން އުތީމު ކައުންސިލުން ވަނީ އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް އެކްޓިވިޓީ ޔުނީފޯމު ހަވާލުކޮށްފައެވެ.

Advertisement

އުތީމު ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި މަސައްކަތަކީ އުތީމު ކައުންްސިލުގެ ފަރާތުން އުތީމު ފެނަކަ ބްރާންޗުގެ ހުރިހާ މުވައްޒަފުންނަށް އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށެވެ.

އެގޮތުން އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ 40 އަކަށް މުވައްޒަފުންނަށް އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްދެވިފައިވާކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

އުތީމު ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވެފައިވަނީ އުތީމު ފެނަކަ ބްރާންޗުގެ މުވައްޒަފުންނަކީ އެ ރަށު ކައުންސިލާއި ނުހަނު ގުޅިގެން މަސައްކަތްކުރާ މުއައްސަސާއެއް ކަމަށާއި، ރަށުތެރޭގައި މަގު ބައްތި ފަދަ އެއްޗެހި ހަރުކުރުމަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާފައިވާކަމަށް ފާހަގަކުރަމުން، މި މަސައްކަތަކީ ފެނަކަ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށް ރައީސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ