Advertisement

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށަން ތައްޔާރުވަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި އޮގަސްޓު މަސް ނިމުމުގެ ކުރިން ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އަސްލު ޓީވީއަށް މައުލޫމާތު ދެމުން ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށާއި، މިމަހުގެ ނިޔަލަށް ސީޓީ ސްކޭންގެ ހިދުމަތްދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

ދުވާލަކު 150 އާއި 200 އާ ދެމެދުގެ މީހުން ހިދުމަތް ހޯދަމުން އަންނަ ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގައެވެ. އެގޮތުން ސީޓީ ސްކޭނުގެ ހިދުމަތް ގާއިމްކުރުމަށް ޓަކައި، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހާވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.

މިއީ 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެ މަޝްރޫއެކެވެ. ފުވައްމުލަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ހިދުމަތަކީ ސީޓީ ސްކޭންގެ ހިދުމަތްކަން އެރަށު ހޮސްޕިޓަލުން ފާހަގަކުރެއެވެ.

12،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކުގައި ސިއްހީ ހިދުމަތް ރަނގަޅު ފެންވަރަކަށް ނުދެވޭ ކަމަށް ބުނެ އެސިޓީގެ މީހުން ކަންބޮޑުވުން ފާޅުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ފުވައްމުލަކު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ 2022 ވަނަ އަހަރު އައު އިމާރާތެއް ވެސް ތަރައްގީކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫޢު ދަނީ ހިންގަމުން ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ