Advertisement

އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ނަޒީމް!

ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ނަޒީމް އައްޔަނުކުރައްވައިފިއެވެ.

އާރްޑީސީއަށް އައު އެމްޑީއަކު އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ހުންނެވި ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު މިއަދު އެމަގާމުން ވަކިކުރެއްވުމަށްފަހުގައިއެވެ.

Advertisement

އެގޮތުން ޕީސީބީން ބުނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް – އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު ވަކިކޮށް، އެމަޤާމަށް މއ. އެލީޒިއަމް އަލްފާޟިލް އިބްރާހިމް ނަޘީމް ވަނީ އައްޔަނުކުރެވިފައިވާ ކަމަށެވެ.

ނަޒީމް މީގެ ކުރީން ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް ނަޒީމް ފުރުއްވިއެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން މިއަދު ވަކިކުރެއްވި ޒުހެއިރު މިހާރު ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް