ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.
ޕްރިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ބުނީ ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް – އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
ޒުހައިރު އަކި މިއަދާއި ހަމައަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާދެއްވާފައި އެވެ. ކުއްލި ގޮތަކަށް އިސްތިއުފާދެއްވި އިރު މައުރޫފް ހުންނެވީ އަންނަ މަހުގެ 18 ވަނަ ދުވަހު މަގާމުން ރިޓާޔާކުރައްވަން ނިންމަވައިގެންނެވެ. އަދި އެކަން އޮތީ އެޗްޑީސީގެ މުވައްޒަފުންނަށްވެސް މައުރޫފް އަންގަވާފައި އެވެ.
މިއަދު މަގާމަށް އަލަށް އައްޔަނުކުރެވުނު ޒުހެއިރު އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނުކުރި ތިން ވަނަ ބޭފުޅާއެވެ. އެމަގާމުން އެންމެ ފުރަތަމަ ހުންނެވި ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވި ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު