Advertisement

ލަންކާއަށް ގޮސް ކޯޓަށް ހާޒިރުވުމުން ނަމާލް މިނިވަންކޮށްފި

ކައިވެނި ހަފުލާއެއްގައި ބައިވެރިވާން ދިވެހިރާއްޖޭގައި ހުންނަވަނިކޮށް ސްރީ ލަންކާގެ ކޯޓަކުން ހައްޔަރުކުރުމުގެ އަމުރެއް ނެރުމާ ގުޅިގެން އެ ގައުމުގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާ އެނބުރި ގައުމަށް ގޮސް ކޯޓަށް ހާޒިރުވުމުން ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށްފިއެވެ.

ނަމާލް ރާއްޖެ ވަޑައިގަތީ އިއްޔެ އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވެސް ވަޑައިގެން ފްލައިޓުންނެވެ.

Advertisement

ނަމާލް ރާއްޖެ ވަޑައިގަތީ ކައިވެނި ހަފުލާއެއްގައި ބައިވެރިވާން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެކަމަކު، އޭނާ ރާއްޖޭގައި ހުންނަވަނިކޮށް އެ ގައުމުގެ ކޯޓަކުން ވަނީ ޝަރީއަތަށް ހާޒިރުނުވެގެން އޭނާ ހައްޔަރުކުރަން އަމުރުކޮށްފައެވެ. ނަމާލަކީ މިހާރު ވެސް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެނބުރި ލަންކާއަށް މިއަދު ހެނދުނު ވަޑައިގެން ނަމާލް ވަނީ މިއަދު ކޯޓަށް ހާޒިރުވެފައެވެ. އެހެންވެ، ކަފާލާތުގެ ދަށުން އޭނާ ވަނީ މިނިވަންކޮށްފައެވެ.

ނަމާލަށް ތުހުމަތުކުރަނީ ރިޝްވަތާ މަނީ ލޯންޑްރިންގެ ކުށުގައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލީ މި އަހަރުގެ ޖަނަވަރީ މަހެވެ. އެކަމަކު، އޭނާ ވަނީ ދައުވާއަށް އިންކާރުކޮށް، އެއީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވެފައެވެ.

ނަމާލަކީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލަންކާގެ މިހާރުގެ ރައީސް ޑިސަނަޔަކަ ކާމިޔާބުކުރެއްވީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ނަމާލް ވާދަކުރެއްވިއެވެ.

ލަންކާގެ މާލީ ހާލަތު ގޯސްވެ، ގޮޓަބަޔާ ރާޖަަޕަކްސާގެ ސަރުކާރަށް ހާލަތު މެނޭޖުކުރެވޭ ގޮތެއް ނުވިއެވެ. ލަންކާގެ ރައްޔިތުންގެ ހާލަތު ގޯސްވެ، ސަރުކާރަށް އޮތް ނަފުރަތު ބޮޑުވެ މަސް ދުވަހުގެ މުޒާހަރާތައް ކުރިއެވެ. އެންމެ ފަހުން ރިޔާސީ ގަނޑުވަރަށް އާންމުން ވަދެގަނެ، އިސްތިއުފާދެއްވައި، ފިއްލަވަން ގޮޓަބަޔާއަށް މަޖުބޫރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ