Advertisement

މާލޭ ބާޒާރުމަތީ ފިހާރަތަކުން ފިޔާ ހުސްވެއްޖެ

މާލޭ ބާޒާރުމަތީ ފިހާރަތަކުން ފިޔާ ހުސްވެއްޖެެވެ.

ވޮއިސް އިން މިއަދު ބާޒާރުމަތީ ފިހާރަތައް ބެލިބެލުމުން ހުރިހާ ފިހާރައަކުން ކަހަލަގޮތަކަށް ވަނީ ފިޔާ ހުސްވެފައެވެ. ބައެއް ފިހާރަތަކުގައި ކުދިފިޔާ ވިއްކަން ހުރިނަމަވެސް އެބާވަތުގެ ފިޔާވެސް ހުރީ ވަރަށް މަދުންނެވެ. ފިޔާ ހޯލްސޭލްކުރާ މުޑުވާލި ފިހާރައިން ބުނީ އެތަނުންވެސް ފިޔާ ހުސްވެފައި ހުރިކަމަށާއި، ފިޔާ ލިބޭނީ މާދަންކަމަށެވެ. މާލޭ ބާޒާރުން ފިޔާ ހުސްވިއިރު، ހުޅުމާލޭގެ ބައެއް ފިހާރަތަކުންވެސް ފިޔާ ހުސްވެފައިހުރިކަން ފާހަގަކޮށްލެވެއެވެ.

Advertisement

ބާޒާރުމަތީ ބައެއް ފިހާރަތަކުން ބުނީ ފިޔާ ލިބުނަސް ލިބޭނީ މިއަދު ހަވީރުގަޑީގައި ކަމަށެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ސަޕްލަޔަރުން ގެނައި ފިޔާ މިވަގުތު މާލޭ ބަނދަރުގައި އޮތްނަމަވެސް، ނުނެރެވިގެން އުޅެނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.

މާލޭ ބާޒާރުމަތިން ފިޔާ ހުސްވެފައިވާއިރު، މިހަފްތާ ފެށުނުއިރު ފިޔާ ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާއަށް އަރައިގެން ގޮސްފައެވެ. މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި ބާޒާރުގައި ފިޔާ ކިލޯއެއް 9 ރުފިޔާއަށްވެސް ވިއްކަން ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ