Advertisement

ލަންކާގެ ރައީސް ޑިސަނަޔެކެއަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެއަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ހަވީރު ލޯންޗުކޮޅުގައި ރަސްމީ ފާލަމަށް ވަޑައިގެންނެވުމުން ޑިސަނަޔެކެއަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

Advertisement

ޑިސަނަޔެކެ މާލެއަށް ފޭބުމާއެކު ސްކޫލު ދަރިވަރުންގެ ސަގާފީ ހަރަކާތްތަކަކާއެކު މަރުހަބާ ދެންނެވިއެވެ. އެއަށްފަހު އެ މަނިކުފާނަށް ވަނީ ރަސްމީ ކުރުނީސް އަރުވައިފައެވެ.

މިނިސްޓަރުންނާ ސަލާމްކުރެއްވުމަށްފަހު ޑިސަނަޔެކެ ހަތްކޮޅުގައި ހިންގަވާފައިވާ ވަޑައިގެންނެވީ ރައީސް އޮފީހަށެވެ. ރައީސް އޮފީހުގައި އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ލަންކާ އާއި ރާއްޖޭގެ ރަސްމީ މަޝްވަރާތައް ކުރިއަށްދާނެއެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔެކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ