Advertisement

ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 މީހުނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި

ރޭގެ ވަގުތެއްގައި އއ. މާޅޮހު ފަޅުތެރޭ އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 ބިދޭސީންނަށް މިހާރު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗުން) ބުނެފިއެވެ.

އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިގެން އަނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 08:45 އެހާކަށްހާއިރު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

އެގޮތުން އެ 2 ބިދޭސީންނަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް