Advertisement

މާޅެންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ނ. މާޅެންދޫގައި ތަރައްޤީކުރާ ފިޓްނަސް ސެންޓަރުގެ ބިންގާ މިއަދު އަޅައިފި އެވެ.

މާޅެންދޫގައި ތަރައްޤީކުރާ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސް ޑރ. މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ  ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.

Advertisement

 

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ފިޓްނެސް ސެންޓަރުތަށް އަދި މިއަހަރާ އަދި އަންނަ 2026 ވަނަ އަހަރުގެ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާޅެންދޫގައި ތަރައްޤީކުރާ ފިޓްނެސް ސެންޓަރުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް