Advertisement

ލަންދޫ ގިރާ ސަރަހައްދު ހިމާޔާތްކުރުމުގެ މަޝްރޫއު މިއަހަރު ފަށާނަން

ނ ލަންދޫގެ ގިރާ ސަރަހައްދު ހިމާޔާތްކުރުމަށްޓަކައި ޝޯ ޕްރޮޓެކްޝަން މަޝްރޫއު މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލަކަށް ނ ލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިއެވެ.

Advertisement

އެގޮތުން ރައީސް ވަނީ ލަންދޫ ގޮޑުދޮށް ހިމާޔާތްކުރުމާއިއެކު މޫދަށް އެރޭނެ ސަރަހައްދެއް ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވައި އެމަސައްކަތް ދާދި އަވަހަށް ފެށުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރައްވާފައި އެވެ. އެގޮތުން އަހަރުގެ މިހާތަނަށް އައި އިރު 6 ބެޗަކަށް ބަހާލައިގެން އުމްރާނީ މަޝްރޫއުތައް ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ލަންދޫ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ކުރިޔަށް އޮތް7 ވަނަ ބެޗުގައި ބީލަމަށް ހުޅުވާލާފައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންޓްރެކްޓަރަކާއި ހަވާލުކުރައްވާނެ ކަންވެސް ހާމަކުރައްވާފައިއެވެ.

 

ފޮޓޯ: ރައީސް އޮފީސް

އަދި ކުރިޔަށް އޮތް ބެޗުގައި ހިމެނޭ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި ލަންދޫގެ މި މަޝްރޫއުގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގޮނޑުދޮށް ހިމާޔާތްކުރުމާއި މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުމުގެ ދެ ވައުދު އެއް މަޝްރޫއުއެއްގެ ދަށުން ފުއްދަވައިދެއްވާނެކަމަށެވެ.

މިކަމުގެ އިތުރުންވެސް ލަންދޫއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ވައުދުވި ގޮތަށް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ މިއަދުގެ ދަތުރުފުޅުގައި ދެއްވާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް