Advertisement

ލޯނުގެ ފުރުސަތު ދަނޑުވެރިންނަށް ހުޅުވާލައިފި

ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް، ހާއްސަކޮށް އަންހެނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން މާލީ އެހީތެރިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ފުރުސަތު ހުޅުވާލާފައިވަނީ ކޮމަން ފަންޑް ފޯ ކޮމޯޑިޓީސްގެ ފަރާތުން ކަމަށެވެ. އަދި މި ފުރުސަތު ހާއްސަ ކުރެވިފައިވަނީ އެންމެ ކުރި އަރާފައިނުވާ ގައުމުތަކަށް ކަމަށާއި ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ފައިސާ ދޫކުރާ ދާއިރާތައް:

  • ދަނޑުވެރިކަމުގެ އީޖާދީ އައު ޓެކްނޮލޮޖީތައް
  • ދެމެހެއްޓެނެވި ދަނޑުވެރިކަމަށް
  • އިޔާދަކުރަނިވި ހަކަތައިގެ ހައްލުތަކަށް
  • ޑިޖިޓަލް ދަނޑުވެރިކަމަށް
  • މޫސުމާއި ރައްޓެހި އުސޫލުތަކަށް
  • ބްލޮކް ޗެއިންފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކުއިޓީ ކަށަވަރުކުރުމަށް

އެ ވުޒާރާއިން ވިދާޅުވީ ހުށަހަޅާ ޕްރޮޖެކްޓްތައް އޮޕަރޭޝަނަލީ އަދި މާލީގޮތުން ދެމެހެއްޓެނެވިކަމާއެކު އިގްތިސާދީ އިޖުތިމާއި އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނެވި ޕްރޮޖެކްޓަކަށްވާންޖެހޭނެ ކަމަށެވެ.

މި ފަންޑިންއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތަރީޙަކީ 29 ސެޕްޓެމްބަރު 2025 އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ