Advertisement

ނަފްސާނީ ޞިއްހަތުގެ ޤައުމީ ހެލްޕްލައިނަށް މައްސަލައެއް ދިމާވުމުން ވަގުތީ ނަަންބަރެއް ދީފި

ނަފްސާނީ ބަލިތަައް މެދުވެރިވެފައިވާ ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ 24 ގަޑިއިރު ޚިދުމަތްދޭ ހެލްޕްލައިނަށް މައްސަލައެއް ދިމާވެފައިވާތީ، އެކަން ޙައްލުވަންދެން ގުޅާނެ ވަގުތީ ނަންބަރެއް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ޢާންމުކޮށްފިއެވެ.

އެ ޑިޕާޓްމަންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހެލްޕްލައިންގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި، މިކަން ޙައްލުކޮށް، ޚިދުމަތް އިޢާދަކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ. ހެލްޕްލައިން އަށް ދިމާވި މައްސަލަ ޙައްލުވަންދެން ގުޅުމަށް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ދީފައިވާ ނަންބަރަކީ  7265402 މިއެވެ.

Advertisement

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު، ޞިއްޙަތާބެހޭ ވުޒާރާއިން އިފްތިތާޙުކުރި 24 ގަޑިއިރު ނަފްސާނީ އެހީ ފޯރުކޮށްދޭ ހެލްޕްލައިނެކެވެ. މި ހެލްޕްލައިންގެ އަމާޒަކީ، ނަފްސާނީ ޙާލަތެއް، ނުވަތަ އުނދަގޫތަކެއް ތަޙައްމަލުކުރަމުންދާ އެކި ޢުމުރުފުރާތަކުގެ މީހުންނަށް ކޮންމެ ގަޑިއެއްގައިވެސް އެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ