Advertisement

ވެލާނާ އިނޓަނޭޝަންލް ޓާރމިނަލް ގެ ވިޔަފާރި ޖާގަތަޢް ވަކިބަޔަކަށް ދޭކަމަށް ތުހުމަތުކޮށް މައްސަލަ އޭ.ސީ.ސީއަށް ލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޑިއުޓީ ފްރީގެ ޖާގަތައް އިއުލާނު ކުރުމެއް ނެތި ވަކި ބަޔަކަށް ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އޭސީސީ އަށް ހުށަހެޅި މި މައްސަލައިގެ ލިޔުމެއް، މައްސަލަ ހުށަހެޅި ފަރާތުން އަދަދު ނޫހާ ހިއްސާކޮށްފައިވެ އެވެ.

Advertisement

އެ ލިޔުމުގައި ބުނެފައި ވަނީ އާ ޓާމިނަލްގެ ވިޔަފާރި ޖާގަތައް އިއުލާނު ކުރުމެއް ނެތި ދޫކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށް ބޮޑު ފައިދާވާން އޮތް ކަމެއްގައި އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް ހިންގާ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށެވެ.

“ވީމާ މި މައްސަލަ ބައްލަވައިދެއްވައި، އެކަން ހުއްޓުވައިދެއްވުން އެދެމެވެ.” އެ ލިޔުމުގައިވެ އެވެ.

އާއްމުކޮށް އިއުލާނު ކޮށްގެން، ވީހައިވެސް ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ގޮތަށް، އަދި އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާ ފަރާތްތަކަށް ޖާގަތައް ލިބޭ ގޮތަށް ޑިއުޓީ ފްރީގެ ޖާގަތައް ދޫކުރުމުގެ ކަންކަން ކުރުމަށް އެމްއޭސީއެލް އަށް އެންގުމަށް ވެސް އެދިފައިވެ އެވެ.

އެއާޕޯޓުގެ ޑިއުޓީ ފްރީ އާއި ކެފޭތަކާއި ރެސްޓޯރަންޓުތައް މިހާރު ހުރީ ޓާމިނަލް 1 ގަ އެވެ. އާ ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވަމުން އަންނައިރު، އެ ޓާމިނަލްގައި ޑިއުޓީ ފްރީ އާއި އެހެން ހިދުމަތްތައް ދޭ ޖާގަތައް ވަކި ބަޔަކަށް ދިންކަން އަދި އިއުލާނެއް ނުކުރެ އެވެ.

ޓާމިނަލް 1 ގައި ހުރި ގިނަ ފެކޭތަކާއި ރެސްޓޯރަންޓުތައް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައި ވަނީ އަމިއްލަ ބަޔަކަށެވެ. އެތަނުގައި ދިވެހި އެއްވެސް ބްރޭންޑެއް މިހާރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ