Advertisement

ފްލެޓް ލިބޭ ފަރާތް ކަނޑައެޅުމުގައި ގޯތި ދޫކޮށްލަން ބުނާ މާއްދާއަށް އަމަލުނުކުރަން ނިންމައިފި

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 4،000 ފްލެޓް ލިބޭ ފަރާތް ކަނޑައެޅުމުގައި ގޯތި ދޫކޮށްލަން ބުނާ މާއްދާއަށް އަމަލުނުކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން ބުނާ މާއްދާއަށް އަމަލުނުކުރުމަށް ނިންމާފައިވާކަމަށެވެ.

Advertisement

މިނިސްޓްރީން ބުނީ މިކަން މިގޮތަށް ނިންމި މައިގަނޑު އެއް ސަބަބަކީ މިކަމުގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ހުރުމުންކަމަށެވެ. މީގެ އިތުރުން ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގު މަސައްކަތް ކުރިއަށްދާތީއާ، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނެގުމަކީވެސް އެ މާއްދާއަށް އަމަލުނުކުރަން ނިންމި އެއް ސަބަބުކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، ފުލެޓު ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން  ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައި ނުވާނޭކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނެފައިވަނީ ހުޅުމާލޭގައި ތަރައްޤީކުރަމުންދާ 4،000 ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފްލެޓްތައް ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކުރަން ފަށާފައިވާކަމަށެވެ. ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފަހިދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށްގެންދާއިރު، ސޮއިކުރުން ކުރިއަށްގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމޭ ތަރުތީބުންކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވާ ފަރާތްތައް “ގެދޮރުވެރިޔާ ޕޯޓަލް” މެދުވެރިކޮށް އަންގަމުންދާއިރު، އެފަރާތްތަކަށް ފްލެޓާ ގުޅޭ ކަންކަމުގައި އެފްޑީސީ އަދި މިނިސްޓްރީން ގުޅައި އެސްއެމްއެސްކޮށް ނުހަދާނޭކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް