Advertisement

ދިރާސީ އާ އަހަރު ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލައިފި

އަންނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ތައުލީމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

Advertisement

މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި އެ އޮންލައިން ފޯމް މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 15 ގައެވެ.

މިނިސްޓްރީން ވަނީ ވީހާ ވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީއިން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް