Advertisement
ސްޓޭޓްފާމާގެ ވެރިންނާއި އެމްއެންޔޫގެ ވެރިން ބައްދަލު ކުރުން--- ފޮޓޯ: ސްޓޭޓްފާމާ

ދިވެހި ފާމަސިސްޓުން ބިނާކުރުމަށް ކޯސްތައް ބޭއްވުމަށް ސްޓޭޓް ފާމާ ކުންފުނިން މަޝްވަރާކޮށްފި

ސްޓޭޓް ފާމަސިއުޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ) އިން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެކު ފާމަސީގެ ދާއިރާއިން ދށް ތަމްރީނު ކުރުމުގެ ފުރުސަތު ފުޅާކުރުމަށް މަޝްވަރާތައް ފަށައިފި އެވެ.

ސްޓޭޓްފާމާގެ އިސް އޮފިޝަލުން އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މަންދޫބުންނާ ބައްދަލުކޮށް ފާމަސީގެ ދާއިރާއިން ތަމްރީނު ލިބިފައިވާ ފާމަސިސްޓުންގެ އަދަދު އިތުރުކޮށް، ގައުމުގެ ބޭސްވެރިކަމުގެ ވަޒީފާ ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

Advertisement

މި ބައްދަލުވުމަށްފަހު ސްޓޭޓްފާމާއިން ބުނީ ޕްރޮފެޝަނަލް ހުނަރު އިތުރުކުރުމަށް މިހާރު އެ ދާއިރާގައި މަސައްކަތްކުރާ ފާމަސިސްޓުންނަށް ރިފްރެޝަރ ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް ވެސް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސްޓޭޓްފާމާއިން މިދިޔަ މަހު 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދުމަށް މަސައްކަތް ކުރަމުންދާކަން އިއުލާން ކުރުމުން، އެ މުއްދަތުގައި އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ދިވެހިން މަދުކަން ފާހަގަވުމުން ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިން ހިންގަމުން އައި ފާމަސީތަކުގެ ޒިންމާއާ ސްޓޭޓްފާމާއިން ހަވާލުވީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފާ ހަވާލުކޮށްފި