Advertisement
ފިހާރައެއް ކައިރީ މީހުން އެއްވެފައި: އެމްއެފްޑީއޭގެ ހުއްދަ ލިބިގެން ނޫނީ އާންމު ފިހާރަތަކުގައި ބޭސް ވިއްކުން ތިން މަސް ފަހުން މަނާ ވާނެ --

އާންމު ފިހާރަތަކުގައި އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކުން މަނާކޮށްފި

ކާބޯތަކެއްޗާ ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)ގެ ހުއްދަ ނެތި އާންމު ތަންތަނުގައި ބޭސް ވިއްކުން މަނާކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާއްމު ފިހާރަތަކުގައި ވެސް ބައެއް ކަހަލަ ބޭސް ވިއްކުން އާއްމެވެ. ވައިރަލް ރޯގާއާއި ހުން ފަދަ ބަލިތަކަށް ބޭނުންކުރާ ބޭސް، ގްރޮސަރީ ފިހާރަތަކުގައި ވެސް ވިއްކަން ހުރެއެވެ.

Advertisement

އެމްއެފްޑީއޭއިން ހޮނިހިރު ދުވަހު އާންމުކުރި ބޭހާބެހޭ ގަވައިދުގައި ވަނީ އާންމު ވިޔަފާރިކުރާ ތަންތަން، ނުވަތަ ބޭސް ވިއްކުމުގެ ހުއްދަ ނެތް ތަންތަނުގައި ބޭހާއި ބޭހުގެ މާއްދާތައް ހިމެނޭ ބާވަތްތައް އެ އިދާރާގެ ހުއްދަނެތި ނުވިއްކޭނެ ކަމަށެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހުން ފެށިގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމަ އެހެންމެ އާންމު ވިޔަފާރިކުރާ ފަރާތްތަކުން ބޭހާއި ބޭހުގެ މާއްދާ ހިމެނޭ ބާވަތްތައް އެ އިދާރާގެ ހުއްދަނެތި ރާއްޖެ އެތެރެނުކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.

ގަވައިދުގައިވާ ގޮތުން ރީޓެއިލް ބޭސްފިހާރައެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހޯލްސޭލްކޮށް ބޭސް ވިއްކުމާއި ބޭސް އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ ޚިދުމަތް ދިނުން ވެސް މަނާވާނެއެވެ.

މި ގަވައިދުގެ ދަށުން، އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭހާއި ގަޑުބަޑުކޮށްފައި ނުވަތަ ގަޑުބަޑުވެފައި ހުންނަ ބޭހާއި ތަޣައްޔަރުވެފައިވާ ތަންތަނުގައި ތައްޔާރުކުރާ ބޭހާއި ކައުންޓަފީޓް ބޭހާއި ޑަބްލިއުއެޗްއޯއާއި އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވެސް މަނާކޮށްފައިވާ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ރާއްޖޭގައި އިޝްތިހާރުކޮށް ވިއްކައި ހެދުން މަނާވާނެއެވެ.

މި ގަވައިދުގެ ދަށުން އެޅޭނެ ފިޔަވަޅުތަކަކީ ނަސޭހަތް ދިނުމާއެކު އެ ކަމެއް އިސްލާހުކުރުމަށް މުއްދަތެއް ދިނުމާއި 10،000 ރުފިޔާ ނުވަތަ އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ގަވައިދުގެ ދަށުން ދޫކުރި ހުއްދަ، ދެ ހަފުތާއާއި އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލުކުރުމެވެ.

އަދި ބޭހާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދީފިނަމަ ބޭސް އެތެރެކުރާ ފަރާތް ބްލެކްލިސްޓު ކުރުމުގެ ބާރު ވެސް މި ގަވައިދުގެ ދަށުން އެމްއެފްޑީއޭއަށް ލިބިދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

ދިވެހި ފާމަސިސްޓުން ބިނާކުރުމަށް ކޯސްތައް ބޭއްވުމަށް ސްޓޭޓް ފާމާ ކުންފުނިން މަޝްވަރާކޮށްފި