Advertisement

މިނިސްޓަރު ހަލީލަށް މަޖިލީހަށް ވަޑައިގެންނެވޭނެ ގޮތެއް ނުވި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް “އެހެން މަސައްކަތެއް” ކުރައްވަން ޖެހިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން މެންބަރުންގެ ސުވާލުތަަކަށް ޖަވާބު ދެއްވުމަށް އުޒުރުވެރިވެވަޑައިގެންފިއެވެ.

ސައުދީގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ދާދި ފަހުން ރާއްޖޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރި، ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ މައްސަލައިގައި ހަލީލާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

Advertisement

ހަލީލު ހާޒިރުކުރުން ތާވަލުކޮށްފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ފަށްޓަވައިދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިނިސްޓަރު ހަލީލް ކޮންމެހެންވެސް ހާޒިރުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ރަސްމީ އެހެން މަސައްކަތެއް ކުރައްވާން ޖެހިވަޑައިގަންނަވާ ވަގުތާއި މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ގަޑި ދިމާވާތީ، މަޖިލީހަށް ހާޒިރުވެވަޑައިގަނެވެން ނެތްކަން އަންގަވައިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިނިސްޓަރު ހާޒިރު ކުރުމުގެ ކަންކަން ވީ އެންމެ އަވަސް ޖަލްސާއަކަށް ތާވަލުކުރައްވާން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސައުދީ ޕްރިންސްގެ މައްސަލައިގައި މީކާއިލް ވަނީ ތިން ސުވާލެއް މިނިސްޓަރާ ކުރެއްވުމަށް ހުށަހަޅުއްވައިފަ އެވެ. އެއީ:

  • ފަހުދަކީ ޝާހީ އާއިލާގެ ބޭފުޅެއްތޯ؟
  • އެ ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިވެފައި ނުވަނީ ކީއްވެތޯ؟
  • ފަހުދަކީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ ސައުދީ އާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟

މީކާއިލް އެދިވަޑައިގެންފައިވަނީ މިނިސްޓަރު ހަލީލް މަޖިލީހަށް ހާޒިރު ނުކޮށް ލިޔުމުން އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ