Advertisement

މެސީ އަކަށް ނުވި، ރަން ބޫޓު އެމްބަޕޭ އަށް!

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ފައިނަލްގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި މެޗުގައި، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން، ފްރާންސްގެ ކިލިއަން އެމްބަޕޭ ރަން ބޫޓު ކާމިޔާބުކޮށްފިއެވެ.

ރޭގެ ފައިނަލް މެޗަށް މެސީ ކުރިމަތިލީ، ފްރާންސްގެ ފޯވާޑް އެމްބާޕޭއަށްވުރެ ކުރި ހޯދައި، އޭނާގެ ކާމިޔާބު ބައިނަލްއަގުވާމީ ކެރިއަރުގައި އިތުރު ޝަރަފެއް ހޯދުމުގެ ފަހު ފުރުސަތާއެކުގައެވެ. ނަމަވެސް، މުޅި މެޗު ކޮންޓްރޯލް ކުރީ ސްޕެއިނުންނެވެ. ޖުމްލަ 10 ލަނޑު ޖަހާފައިވާ އެމްބަޕޭއާ އެއްވަރުކުރަން މެސީ ބޭނުންވީ 2 ލަނޑެވެ.

Advertisement

މިއީ އެމްބާޕޭގެ ފަޚުރުވެރި ބައިނަލްއަޤްވާމީ ކެރިއަރުގައި އިތުރުވި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަށް ލަނޑު ޖަހައިގެން ރަން ބޫޓު ހޯދުމަށްފަހު، ފްރާންސްގެ ކެޕްޓަން މިވަނީ މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ. މީގެ އިތުރުން، ފިރިހެނުންގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި އޭނާ ގާއިމުކޮށްފައިވާ ރެކޯޑު އިތުރަށް ފުޅާކޮށް، މި މުބާރާތް ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.

ވޯލްޑް ކަޕް ތަށީގެ އިތުރުން ރަން ބޫޓު ކާމިޔާބު ނުކުރެވުނު ނަމަވެސް، މެސީ މި މުބާރާތުގައި ދެއްކި ކުޅުމަކީ ތާރީޚުގެ ތެރެއިން ޖާގަ ހޯދާނެ ފަދަ ކުޅުމެކެވެ. އާޖެންޓީނާގެ މި ލެޖެންޑް ވަނީ އެންމެ ފަހުގެ ޗެމްޕިއަނުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ މުބާރާތުގައި އަށް ލަނޑު ޖަހައި، ހަތަރު އެސިސްޓް ހަދައި، ވޯލްޑް ކަޕްގެ ދިގު މުއްދަތުގެ ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ.

އެހެންނަމަވެސް، ނިއުޔޯކްގައި ކުޅުނު ފައިނަލް މެޗުގެ ފަހު ފުމުމާއެކު، ރަން ބޫޓު ހާސިލުކުރީ އެމްބާޕޭއެވެ. މިއީ ފްރާންސަށް ފައިނަލާ ހަމައަށް ދަތުރުނުކުރެވުނު ނަމަވެސް، އެމްބަޕޭ ދެއްކި ހައިރާންކުރުވަނިވި މޮޅު ކުޅުމުގެ ނަތީޖާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އާޖެންޓީނާ ބަލިކޮށް ސްޕެއިން އިން އުފުލާލައިފި

ފްރާންސްގެ އާ ކޯޗަކަށް ޒައިނުއްދީން ޒިދާން ހަމަޖައްސައިފި

މަނީ ލޯންޑަރިން މުއާމަލާތްތަކެއް ހިންގައިގެން އެފްބީއައި އިން އާޖެންޓީނާގެ ފުޓްބޯޅަ އިދާރާގެ މައްސަލައެއް ބަލަނީ

ޕޯޗުގަލް ކެޓުމާއެކު ކޯޗު ރޮބާޓޯ މާޓިނޭޒް މަގާމުން ވަކިވެއްޖެ