Advertisement
އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވުމަށްފަހު ނަޝީދާއި ޝާހިދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އީސީއަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމާ ގުޅޭގޮތުން އެމްޑީޕީއާ މަޝްވަރާކޮށްފި

އިލެކްޝަންސް ކޮމިޝަންސް ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ބޮޑުކުރަން ކުރަންޖެހޭ ކަމަށް ފެންނަ ކަންތައްތައް އެމްޑީޕީގެ ލީޑަރޝިޕުން އެ ކޮމިޝަނާ މިއަދު ހިއްސާކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ.

Advertisement

އެ ބައްދަލުވުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ބައްދަލުވުމަކީ އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދެއްވައިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ލީޑަރޝިޕުން ފާހަގަކުރެއްވި ކަންކަމަށް ކޮމިޝަނުން އަމަލީ ސިފައެއް ގެންނަވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ، އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުންގެ އިތުބާރު ބޮޑުކުރަން ކުރަން ޖެހޭ ކަންކަން ހުށަހެޅުއްވި ކަމަށެވެ.

”ހުރިހާ ވާހަކައެއް ވެސް ދެކެވިފައި މި އޮތީ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ގޮތަށް ކަންތައްތައް ކޮށްދެއްވުމަށް، އެހެންވީމަ އެ ކަންތައްތަކުގައި އަޅުގަނޑުމެންގެ ހުރި ކޮންސާންސް މި ދަންނަވައިދިނީ،“ ޝާހިދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތަފްސީލު އެމްޑީޕީގެ ލީޑަރޝިޕުން ނުދެއްވައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ކަންކަމުގެ ތަފްސީލު ހާމަކުރައްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

މި ބައްދަލުވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް މުހައްމަދު ޝަކީލް އައްޔަންކުރެއްވި ފަހުން އެމްޑީޕީގެ ލީޑަރޝިޕާއެކު އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

ދިވެހި ފާމަސިސްޓުން ބިނާކުރުމަށް ކޯސްތައް ބޭއްވުމަށް ސްޓޭޓް ފާމާ ކުންފުނިން މަޝްވަރާކޮށްފި