Advertisement

ޝުޖާއު ވަކިކުރީ އެމްޑީޕީ މެންބަރަކަށް ވީތީ އެއްވެސް އިޖުރާއަތެއް ފުރިހަމަނުކޮށް: އަބްދުﷲ ޝާހިދު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމު ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައެޅީ ޝުޖާއުއަކީ އެމްޑީޕީ މެންބަރަކަށް ވީތީ އެއްވެސް އިޖުރާއަތުތަކެއް ފުރިހަމަނުކޮށް ކަމަށާއި، އެ ނިންމުން އަނބުރާ ގެންދަން އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ގޮވައިލައްވައިފިއެވެ.

ޕާޓީ ބަދަލުކުރި މައްސަލައިގައި ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Advertisement

މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އުވާލި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބުވި ޝުޖާއު، އެ މަގާމުން އެކަހެރިކުރީ އެ މަހުގެ ފަސްވަނަ ދުވަހެވެ. އޭނާ އެ މަގާމުން އެކަހެރިކޮށް ގޭގައި މަޑުކުރަން ވަނީ އޭރު އަންގައިފައެވެ. އެއަށްފަހު ޝުޖާއު ވަކިކުރިކަން އެލްޖީއޭއިން ހާމަކުރީ ބުރާސްފަތި ދުވަހެވެ.

‘ހަވާސާ’އިން މިއަދު ސުވާލުކުރުމުން ޝުޖާއު ވަނީ، އޭނާ މަގާމަށް އިންތިޚާބުވި ޕާޓީ ކަމަށްވާ ދަ ޑިމޮކްރެޓްސް ދައުރުގެ ވަކި ހިސާބަކުން އުވާލިކަން ފާހަގަކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި، ޖުލައި 11، 2023ގައި އުފެއްދި ދަ ޑިމޮކްރެޓްސް އުވައިލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހެވެ.

އައު ކައުންސިލަރުން މަގާމުގެ ހުވާކުރީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހެވެ.

އެހެންކަމުން، ދިމާވެގެން މި އުޅެނީ ގާނޫނުގައި އަދި ނެތް ހާލަތެއް ކަމަށް، ޝުޖާއު ވިދާޅުވިއެވެ.

ޝާހިދު ‘އެކްސް’ގައި ރޭ ލިޔުއްވި ގޮތުގައި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮވެއެވެ. ނަމަވެސް ޝުޖާއު ވަކިކުރަން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ލިޔުއްވައި، ޝާހިދުގެ ޕޯސްޓުގައި އެލްޖީއޭއަށް ގޮވާލެއްވީ ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދިއުމަށެވެ.

‘ސަން’އިން މިއަދު ސުވާލުކުރުމުން ޝުޖާއު ވަނީ، އޭނާ މަގާމަށް އިންތިޚާބުވި ޕާޓީ ކަމަށްވާ ދަ ޑިމޮކްރެޓްސް ދައުރުގެ ވަކި ހިސާބަކުން އުވާލިކަން ފާހަގަކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި، ޖުލައި 11، 2023ގައި އުފެއްދި ދަ ޑިމޮކްރެޓްސް އުވައިލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހެވެ.

އައު ކައުންސިލަރުން މަގާމުގެ ހުވާކުރީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހެވެ.

އެހެންކަމުން، ދިމާވެގެން މި އުޅެނީ ގާނޫނުގައި އަދި ނެތް ހާލަތެއް ކަމަށް، ޝުޖާއު ވިދާޅުވިއެވެ.

ޝާހިދު ‘އެކްސް’ގައި ރޭ ލިޔުއްވި ގޮތުގައި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮވެއެވެ. ނަމަވެސް ޝުޖާއު ވަކިކުރަން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ލިޔުއްވައި، ޝާހިދުގެ ޕޯސްޓުގައި އެލްޖީއޭއަށް ގޮވާލެއްވީ ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދިއުމަށެވެ.

އެލްޖީއޭއިން ބުނި ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު، އެ ހިނގާ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިއްޖެނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

ޝުޖާޢުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއަކީ 3،000 މެންބަރުން ހަމަނުވާ ޕާޓީއަކަށް ވާތީ އެ ޕާޓީ ވަނީ އުވާލައިފައެވެ. އެ ޕާޓީ އުވައިލުމުގެ ކުރިން ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ދަ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ