Advertisement
އެވިޑް ކޮލެޖު: އެމްކިއުއޭ އިން ބުނީ އެ ކޮލެޖު ޖޫރިމަނާ ކުރީ، ރަޖިސްޓްރީ ނުކުރާ ދަރިވަރުންނަށް ތަކުރާރުކޮށް ސެޓްފިކެޓު ދޫކުރުމުން ކަމަށް -- ފޮޓޯ: އެވިޑް

ރަޖިސްޓްރީ ވެސް ނުކުރާ ދަރިވަރުންތަކަކަށް ސެޓްފިކެޓު ދޫކޮށްގެން އެވިޑް ކޮލެޖު ޖޫރިމަނާކޮށްފި

އެވިޑް ކޮލެޖުގައި ރަޖިސްޓްރީ ވެސް ކޮށްފައިނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓުތަކެއް ދޫކުރި މައްސަލައިގައި އެ ކޮލެޖު ޖޫރިމަނާކޮށްފި އެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެވިޑް ކޮލެޖު ޖޫރިމަނާ ކުރީ ރަޖިސްޓްރީ ނުކުރާ ދަރިވަރުންނަށް ސެޓްފިކެޓު ދޫނުކުރަން އެންގުމުން ވެސް އެކަން ނުހުއްޓުމުން ކަމަށެވެ.

Advertisement

“އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީ ލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކޮށްފައިވާނެ،” އެމްކިއުއޭ އިން ބުނެފައިވެ އެވެ.

ޖޫރިމަނާ ކުރީ އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

“އޭގެ ފަހުން ވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން މި އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފަ. އެހެންކަމުން، މިކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖް މިހާރު ވާނީ ޖޫރިމަނާކުރެވިފަ،” އެމްކިއުއޭއިން ބުންޏެވެ.

އެމްކިއުއޭ އިން އިތުރަށް ބުނީ އެ އޮތޯރިޓީގެ ގަވާއިދުތަކާ ހިލާފަށް ޕްރޮގްރާމުތައް ހިންގާ ނަމަ ރާއްޖޭގެ މަތީ ތައުލީމު މަރުކަޒުތަކާ މެދު އޮތް އިތުބާރު ގެއްލިދާނެ ކަމަށެވެ.

“މިކަމުގެ ސަބަބުން  ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވޭ،” އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި

މިދިޔަ ހަފްތާގައި ފުލުހުން ފަނަރަހާއަށްވުރެ ގިނަތަނެއް ބަލައި ފާސްކޮށްފި

ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ސަރުކާރުން މާދަމާ މަޖިލީހަށް ހުށައަޅަނީ

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި