Advertisement
ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށުން --

ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި، ހަތަރު ކާރު ބޭނުންކުރާނެ

ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި އެވެ.

ވިލިމާލޭގައި އެ ހިދުމަތް ފެށުމަށް މިއަދު އޮތް ރަސްމިއްޔާތުގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.

Advertisement

މާލެ ޓެކްސީ ލައިން ހިންގާ އެމްޓީސީސީން ބުނީ ވިލިމާލޭގައި ހިދުމަތް ދިނުމަށް ހަތަރު ކާރު ބޭނުން ކުރާނެ ކަމަށެވެ. އެއީ ދެ ސައިޒެއްގެ ކާރުތަކެވެ. ދެ ކާރަށް އެންމެ ހަނި ގޯޅިތަކާއި މަގުތަކަށްވެސް ވަަދެވޭނެ އެވެ.

އެހެން ކަމުން ވިލިމާލެއަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ އެވެ.

މާލޭ ޓެކްސީ ލައިންގެ ހިދުމަތް މާލެއާ ހުޅުމާލޭގައި ވެސް ވަނީ ފަށާފަ އެވެ. މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް ފަސޭހައިން ކާރު ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މާލެ ޓެކްސީގެ ހޮޓްލައިން 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެއެވެ. ސަރުކާރުގެ މި ޓެކްސީ ލައިނަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ފެށި މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ސިކުނޑި ހޭނުވިދާނެ ގޮތްތައް

މާމަ ދަރިފުޅު މަރާލި މައްސަލަ ސާބިތުވެ ދިވެއްސަކު ޖަލަށް

މި މަސް ނިމުމުގެ ކުރިން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުއި ދެނީ

އަނެއްކާވެސް ރާއްޖެ އެތެރެކުރަން އުޅުނު 15601 ވޭޕް ކާޓްރިޖް އަތުލައިގެންފި